ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-COS/141/2018/151
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 25 ޖުލައި 2018 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މެންބަރޝިޕް ފޯމު ހުށަހެޅުމުގެ ފުރުސަތު

އިޢުލާން

 

 

              "މޯލްޑިވްސް ޗެސް ފެޑަރޭޝަން" ގެ ނަން "މޯލްޑިވްސް ޗެސް އެސޯސިއޭޝަން" ގެ ނަމަށް ބަދަލުކޮށް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ހިންގާ ޤަވާއިދާއި އެގޮތަށް މެންބަރަކަށް ވުމަށް 08 ޖުލައި 2018 އިން 25 ޖުލައި 2018 ވަނަ ދުވަހު 14:00 އަށް މެންބަރޝިޕް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

 މެންބަރޝިޕް ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުންނާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މެންބަރޝިޕް ފޯމު ހުށަހަޅުއްވާނީ 08 ޖުލައި 2018 އިން 25 ޖުލައި 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރަށެވެ.

                                                                                                                     21 ޝައްވާލް 1439

05 ޖުލައި 2018