ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 05 ޖުލައި 2018 ނަންބަރުGS160/2018/191
ވަޒީފާގެ ފުރުޞަތު
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރު: J-240342
ބޭނުންވާ އަދަދު: 01
މަޤާމުގެ ރޭންކް: ޖީ. އެސް 3
މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1
މަޤާމުގެ މުސާރަ : 4,465.00 ރުފިޔާ
މަޤާމުގެ ސަރވިސް އެލަވަންސް: 1,500.00ރުފިޔާ
ވަޒީފާއޮތް އޮފީސް: އދ. ދިގުރަށު ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އދ. ދިގުރަށު މަދަރުސާގެ އެކަޑަމިކް ސެކްޝަން
)ވަޒީފާގައި/މަޤާމުގައިއަދާކުރަންޖެހޭމައިގަނޑުމަސައްކަތް/މަސްއޫލިއްޔަތުއިސްކަންދެއްވާތަރުތީބުންލިޔުއްވުމަށް)
- މި މަދަރުސާގައި ކުރަންޖެހޭ ފައިސާގެ ހުރިހާ މުއާމަލާތެއްކޮށް، އެންމެހާ ރެކޯޑްތައް ވަރަށް ޤަވާއިދުން ބެލެހެއްޓުން
- ދުވަހުން ދުވަހަށް ޔައުމިއްޔަތަށްލިޔެ، ވެރިއެއްގެ ސޮއިކުރުވާ، ފައިލްކޮށް ބެލެހެއްޓުން
- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން
- ސްކޫލަށް ލިބޭ ހުރިހާ ލިޔެކިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށް ނަގައި ރެކޯރޑަތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ސްކޫލުން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ( ސިޓީ ، މެސެޖް ) ލިޔެ ވެރިންގެ ސޮއިކުރުވައި، ފޮނުވަންޖެހޭ ތަންތަނަށް / ފަރާތްތަކަށް ފޮނުވުން.
- ސްކޫލްގެ ސްޓޮކަށް ގެނެވޭ ހުރިހާ މުދަލެއް އެ މުދަލެއް ލިބޭ ދުވަހު ( ޕާރޗޭސް އޯޑަރާއި އެއްގޮތަށް މުދާ ލިބިފައިވާނަމަ ) ސްޓޮކް ބާކީއަށް އަރުވައި، ސްޓޮކް ރޫމަށް ވައްދައި، ސްޓޮކުން ތަކެތި ޤަވާއިދާއި އެއްގޮތަށް ދޫކޮށް ބެލެހެއްޓުން
- ސްކޫލްގެ އިމާރާތް، ރުއް ގަސް، އެންމެހާ ހަރު މުދަލެއްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
- ސްކޫލްގެ އިދާރީ އަދި އެކަޑަމިކް ރެކޯޑްތަކަށް ބޭނުންވާ އެންމެހާ ފޮތްތައް ނަމޫނާއާއި އެއްގޮތަށް ހަދައި ބެލެހެއްޓުން
- މިނޫނަސް ވަޒީފާގެ ހައިސިއްޔަތުން އަދި ސްކޫލަށް އެވަގުތަކު ދިމާވާ ކަމަކުން އިސްލާމް ދީނާއި ސިވިލް ސަރވިސްގެ ޤަވާއިދާއި ހިލާފްނުވާ ގޮތުގެމަތީން މުވައްޒަފުންގެ މައްޗަށް ތިބޭ ވެރިން އަންގާ މަސައްކަތްތައް ކުރުން
- ސްކޫލުން ބާއްވާ ޖަލްސާ، ސެމިނަރ، މީޓިންތަކަށް ހާޒިރުވެ، އެ މަޢުލޫއާއި ގުޅިގެން އެ މުވައްޒަފެއްގެ ހިޔާލާއި ލަފާދީ ބައްދަލުވުމުގެ މެޖޯރިޓީއަށް ތަބާވެ، ބައްދަލުވުން ކާމިޔާބުކުރުމަށް މަސައްކަތްކުރުން
ޝަރުތު:
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަން ޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.
- • ވަޒީފާއަށް/ މަޤާމަށްއެންމެގާބިލް މީހަކުހޮވުގައިބެލޭނެކަންތައްތައް
- މި ވަޒީފާއަށް އެންމެ ޤާބިލްމީހަކު ހޮވާނީ މެރިޓްއުސޫލުން ސަރުތު ހަމަވާ ފަރާތް ތަކާއި އިންޓަރވިއުކޮށް ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުން އެންމަތީ މާކްސް ލިބޭފަރާތަކަށެވެ.
މި ވަޒީފާއަށް މީހުންނެގުމަށް ބާއްވާ އިންޓަރވިއު / ޕްރެސެންޓޭޝަން ބާއްވާނޭ ތަނާއި ތާރީޙް
ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު / ޕްރެސެންޓޭޝަން އޮންނާނީ 23 ޖުލައި 2018 ވާ ހޯމަ ދުވަހު އދ. ދިގުރަށު މަދަރުސާގައެވެ. އެގޮތުން ވަޒީފާއަށް އެދިފައިވާފަރާތްތައް ސޯރޓްލިސްޓް ކުރުމަށްފަހު ސަރުތު ހަމަވާ ފަރާތްތަކަށް، އިންޓަރވިއު / ޕްރެސެންޓޭޝަނުގެ 07 ދުވަސް ކުރިން އެންގޭނެއެވެ.
ހުށަހަޅަންޖެހޭލިޔުންތައް
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އދ. ދިގުރަށު މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށްއެދެންވީގޮތާއިސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އދ. ދިގުރަށު މަދަރުސާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 6680841 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680841 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،6680841 އެވެ.އީ-މެއިލް ކުރާނީ [email protected]އަށެވެ.
21 J 1439
05 ޖުލައި 2018