ދިވެހިރާއްޖެ
މާލެ ޕާކުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/230 (25 ޖޫން 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.
ބޭނުންވާ އަދަދު |
ތަފްޞީލް |
ޑެލިވަރީ ސައިޓް |
35 |
ލެޑް އައުޓްޑޯރ ލައިޓް 7W (ފެހި) |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
08 |
ލެޑް އައުޓްޑޯރ ފްލަޑް ލައިޓް Ip65 50W (Rgb) |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
02 |
ވޯޓަރ ޕްރޫފް މިނީ ލޭސަރ ލައިޓް |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
45 |
ލެޑް އައުޓްޑޯރ ލައިޓް 7W (Rgb) |
ޕަބްލިކް ވަރކްސް ސަރވިސަސް / ކ.މާލެ |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ޖުލައި 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.