ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: IUL)412/412/2018/15)
ކޮނޑޭއިން ބިންކުއްޔަށް ދޫކުރުން:
ކޮނޑޭ ބަނދަރު ސަރަޙައްދުން ޢާންމު ވިޔަފާރި ކުރުމަށް 10 ދިހަ އަހަރު ދުވަހުގެ މުއްދަތައް 1 (އެކެއް) ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ގަތުމުގެ ފުރުޞަތު 2018 ޖުލައި 08 ވަނަ ދުވަހުން ފެށިގެން 2018 ޖުލައި 17 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމާއި، ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ބިޑް ޑޮކިއުމެންޓްގެ އަގު ދެއްކެވުމުން ބިޑް ޑޮކިއުމެންޓް ދޫކުރެވޭނެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ ދިވެހިރައްޔިތެއް ނަމަ 100 (ސަތޭކަ ރުފިޔާ) އެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ 100 (ސަތޭކަ ޔޫ.އެސް ޑޮލަރ)އެވެ. އަދި މިބިން ކުއްޔަށް ނެގުމަށް ބިޑް ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2018 ޖުލައި 19 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީޚަކީ 2018 ޖުލައި 29 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.
ވީމާ، ކޮނޑޭ ބަނދަރު ސަރަޙައްދުގައި ޢާންމު ވިޔަފާރީ ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ނެގުމުގެ ފުރުޞަތު ހުޅުވާލަމެވެ.
05 ޖުލައި 2018