ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 216-MPAO/IUL/2018/25
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 11 ޖުލައި 2018 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހަށް ސްޓޭޝަނަރީސް އަދި އޮފީސް ސަޕްލައީސް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ސްޓޭޝަނަރީސް އަދި އޮފީސް ސަޕްލައީސް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ

މިއޮފީހަށް ބޭނުންވާ ސްޓޭޝަނަރީސް އަދި އޮފީސް ސަޕްލައީސް(ގަލަން، އޭފޯރީމް، އަދި ފައިލް ފަދަ ތަކެތި)   އެއްއަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚް: 18  ޖުލައި 2018 ވާ ބުދަ  ދުވަހުގެ މެންދުރުފަހު 15:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

04 ޖުލައި 2018