މަސައްކަތް
ނަންބަރު: 216-MPAO/IUL/2018/32
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 11 ޖުލައި 2018 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހަށް ބޭނުންވާ ތަކެތި ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ

                               އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ޕެންޝަން އޮފީހަށް ބޭނުންވާ ތަކެތި ޕްރިންޓްކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ:

މިއޮފީހަށް ބޭނުންވާ ބެނާރސް، ބިޒްނަސް ކާރޑްސް، ބްރޯޗާރސް އަދި އެހެނިހެން ތަކެތި އެއްއަހަރު ދުވަހުގެ މުއްދަތަކަށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.  ނަންބަރު: M216-MPAO/IUL/2018/32

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޙް 18 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

                                 

 

04 ޖުލައި 2018