ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2018/35
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 19 ޖުލައި 2018 15:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2018

 

                                                   ނަންބަރު: BAM/IUL/2018/35

 

އިޢުލާން

 

ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2018

 

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 4 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2018 ވަނީ 06 އޯގަސްޓް 2018 ން 17 އޯގަސްޓް 2018 ށް ބޭއްވުމަށް ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމް އިވެންޓް އަދި ފިރިހެން ޓީމް އިވެންޓް ވަކިންނެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މުބާރާތާގުޅޭ، ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ.

މި މުބާރާތުގެ ޤަވާޢިދު އަދި މުބާރާތާ ބެހޭ އެހެނިހެން މަޢުލޫމާތު، މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އަދި ފޭސްބުކް ޕޭޖް Badminton Association of Maldives އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

04 ޖުލައި 2018

04 ޖުލައި 2018