މަސައްކަތް
ނަންބަރު: GS126/2018/IL17
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 15 ޖުލައި 2018 11:00
ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުން ވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިސްކޫލުގެ ދަރިވަރުން ކުޅޭ ސަރަހައްދު ހިޔާ ކުރުމަށް ހަދާފައިވާ ހަޓުގެ މަތީގައި  އަމިއްލަ ތަކެތީގައި ނާސަރީ ދައު ޖަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން 10 ޖުލައި 2018 ވާ އަންގާރަ     ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ  މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 15 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 11:00 ށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މި އުރައިގެ ބޭރުގައި ސްކޫލަށް އެޑްރެސްކޮށް  "ކުޅޭ ސަރަހައްދު ހިޔާކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި 15 ޖުލައި 2018 ވާ އާދިއްތަ 11:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ. މިބައްދަލުވުމަށް އަންދާސީ ހިސާބު ހުށަހެޅި ފަރާތަކަށް ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެކަމުގައިވެސް ދެންނެވީމެވެ.އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރ 18/2014 ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކާއި،ޤާނޫނު ނަންބަރު 19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.                                        

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                           

 

20 ޝައްވާލު 1439

4 ޖުލައި  2018          

 

04 ޖުލައި 2018