ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2018/80
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 12 ޖުލައި 2018 13:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓާރ ސްޕޯޓްސްގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ވޯޓާރ ސްޕޯޓްސްގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ނިލަންދޫ ހަގު ތުނޑީ ސަރަޙައްދުން ވޯޓަރ ސްޕޯރޓްސް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 12 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޖުލައި 17 ވަނަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 25 (ފަންސަވީސް) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ވޯޓަރ ސްޕޯރޓްސް މަސައްކަތަށް ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޝައްވާލު 1439

03  ޖުލައި  2018                                                     

03 ޖުލައި 2018