ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2018/78
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 11 ޖުލައި 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ދޫކުރުން.

އިޢުލާނު

ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ދޫކުރުން.

މިއިދާރާގެ ނަންބަރު: (IUL)374-C/374/2018/69 (10 ޖޫން 2018) އިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

ނިލަންދޫ ސިންތި ފަންނު ސަރަޙައްދުގެ ތެރެއިން ކެންޓީނު ނުވަތަ ރެސްޓޯރެންޓު ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެމަސައްކަތް ކުރުމަށް 02 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޖުލައި 16 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޝައްވާލު 1439

10  ޖުލައި  2018                                                     

03 ޖުލައި 2018