ދެންނެވުން
ނަންބަރު: (IUL)333/333/2018/15
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 17 ޖުލައި 2018 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކޮށް، މަގުމަތީގައި ބެހެއްޓިފައިވާ ތަކެތި ނެގުމާއިބެހޭ

މިހާރަކަށްއައިސް ވަރަށް ގިނަގޭގޭގެ މަގުމަތީގައި ތަފާތުވައްތަރުގެ ގަސްތައް އިންދަމުންދާކަމާއި މަގުމައްޗަށް ހެދިފައިވާ ރުއްތަކުގެ ފަނާއި ގަސްގަހުގެ އޮފިތައް ދިގުވެފައިވާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އަދި ވަރަށް ގިނަ މަގުތަކުގައި ޖޯލިފަތި ބަހައްޓާކަންވެސް މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މަނާކަމެއްކަން، ރައްޔިތުންނަށްވާނީ އެކިފަހަރުމަތިން ދަންނަވާފައެވެ.

ވީމާ، މިތަކެތި މިއަދުން ފެށިގެން 15 ދުވަސްތެރޭގައި ނަންގަވައި، މަގުމަތި ސާފުކޮށް ބެލެހެއްޓުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ނުނަންގަވައިފިނަމަ، މިކައުންސިލުން އެތަކެތި ނެގުމުގެ މަސައްކަތް ކުރާނެކަމުގައި ދަންނަވަމެވެ.

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުލައި 2018