ވަޒީފާގެ ފުރުޞަތު
ނަންބަރު: ނަންބަރު: GS-119/2018/28
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 12 ޖުލައި 2018 14:00
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 03 ޖުލައި 2018 17:21 ގައި ބާތިލް ކުރެވިފައެވެ.


   ނަންބަރު: GS-119/2018/28                

އިޢުލާނު

 

މަޤާމް:

މަސައްކަތު

 

މަޤާމްގެ ނަމްބަރ:

  J-227689

 

ބޭނުންވާ އަދަދު:

 1

 

މަޤާމްގެ ގިންތި:

  ދާއިމީ

 

މަޤާމްގެ ރޭންކް:

   އެސް.އެސް 1

 

މަޤާމްގެ ކްލެސިފިކޭޝަން:

    ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން: 

     ލަންދޫ ސްކޫލް / ނ.ލަންދޫ

 

މުސާރަ:

     3100 ރުފިޔާ

 

ސަރވިސް އެލަވަންސް:

     1000 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލަވަންސް:

    1120 ރުފިޔާ

 

ސަޕޯޓިންގ ކޯ އެލަވަންސް:

     1000 ރުފިޔާ

 

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

1. ސެކްސަންގެ އިސްވެރިޔާ އަންގާ ގޮތެއްގެމަތީން ސްކޫލުގެ ފަރުނީޗަރއާއި، ގޯތިތެރެއާއި، ކުލާސްރޫމާއި، އިމާރާތްތަކާއި، ފާޚާނާ ފަދަ އިމާރާތްތައް ކުނިކަހާ ފޮޅާސާފުކުރުން.

 .2ޖަލްސާ، ބައްދަލުވުފަދަ ކަންކަމަށް ގޮނޑިމޭޒުފަދަތަކެތިޖަހާ އިންތިޒާމުކުރުން.

3.  ސްކޫލަށްގެނެސް ގެންދަންޖެހޭ މުދަލާއި ސިޓީ،މެސެޖުފަދަތަކެތި ގެނެސް ގެންދިއުން.

4. ޖަލްސާ، ބައްދަލުވުފަދަ ކަންކަމަށް ކިޔަންޖެހޭ ފަރާތްތަކަށް ކަމާގުޅޭވެރިން އަންގާތޮތަކަށް ކިޔުން.

5. ސްކޫލުގެޕާކާއި ގޯތިތެރޭގައި ގަސްއިންދާހައްދާ ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

     ލިޔަންކިޔަންއެގުން :

ނޯޓް: (ލިޔަންކިޔަން އެނގޭކަން ދެނެ ގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލްސަރވީސްގެ ވަޒީފާއަށްއެދޭފޯމު (މިފޯމް ސިވިލްސަރވީސް ކޮމިޝަނުގެ ވެބުސައިޓުންނާއި  މިސްކޫލުގެ ވެބުސައިޓު (www.csc.gov.mv) އިން ޑައުންލޯޑްކޮށްގެނާއި މިސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސެޓުފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓުފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްކޮޕީ.   
  3. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއަށްސަސާއެއްގައި ނުވަތަ ސަރުކާރު ހިތްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސްޗެކްފޯމް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި ޢުސޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެކަންތައްތައް މިސްކޫލުގެ ވެބުސައިޓުން ލިބެން ހުނަނާނެ.

 

 

 

 

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12/7/2018 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، ލަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: ([email protected])  މެދުވެރިކޮށްވެސް އަދި ފެކްސް: (6560617)  މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑިހަމަވުމުގެކުރިން ސަރުކާރު އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭފޯމް ބަލައިގަނެވޭނެއެވެ.  

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  (12/7/2018 )  އާއި (18/7/2018)   އާ ދެމެދު، (ލަންދޫސްކޫލް މީޓިންގރޫމް) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:      

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.       

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6560576) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (6560617) އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

 

1439  J  19

3  ޖުލައި  2018

03 ޖުލައި 2018