ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2018/16 އިޢުލާންނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ޝައްވާލު 1439
03 ޖުލައި 2018
މިއޮފީހުގެ ނަންބަރު (IUL)14-PR/1/2018/19 އިޢުލާނާއި ގުޅިގެންކޮމްޕިއުޓަރާއި ގުޅޭ ބައެއް ތަކެތި ހޯދުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް
- 1. ގަންނަންބޭނުންވާތަކެތީގެ ތަފްސީލް
# |
SKU |
Description |
Quantity |
Computer Systems |
|||
1 |
Computer Systems |
||
1.1 |
Brand |
|
20 Nos |
1.2 |
Model |
|
|
1.3 |
Processor |
|
|
1.4 |
Memory |
|
|
1.5 |
Hard Disk |
|
|
1.6 |
DVD Drive |
|
|
1.7 |
Card Reader |
|
|
1.8 |
Graphics |
|
|
1.9 |
Audio |
|
|
1.10 |
Network |
|
|
1.11 |
PCI Slots |
|
|
1.12 |
USB |
|
|
1.13 |
Mouse / Mouse Pad |
|
|
1.14 |
Keyboard |
|
|
1.15 |
Monitor |
|
|
|
Windows 10 |
|
|
1.16 |
Warranty |
|
- 2. ސަމާލުކަންދޭންވީ ކަންތައްތައް
2.1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
2.2. ޔުނިޓް ޕްރައިސްއަށް ޖީ.އެސް.ޓީ އިތުރު ކުރެވޭނީ އެއިރެއްގެ ޖީ.އެސް.ޓީ ރޭޓެވެ.
2.3. ބިޑު ކާމިޔާބުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދެވޭނެއެވެ.
2.4. އަންދާސީހިސާބަށް މަދުވެގެން 90 ދުވަހުގެ ވެލިޑިޓީއެއް ދޭންވާނެއެވެ.
2.5. ކަސްޓަމްސްގެ ބަޖެޓަށް ފެއްތުމަށްޓަކައި އަންދާސީ ހިސާބުތަކުގެ އަގަށް ބަލައި، އެވޯޑު ކުރުމުގައި އުނި ކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
2.6. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބިގެން މަސައްކަތް ހަވާލުވާ ފަރާތުން އެއްވެސް ސަބަބަކާއި ހުރެ މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، ޖެހިގެން އެންމެ މަތީ މާކްސް ލިބޭ ފަރާތަށް މަސައްކަތް ހަވާލުކުރުމުގެ އިޙްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
2.7. މަސައްކަތް ނިންމުމަށް އެއްބަސްވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ، ލަސްވާ ކޮންމެ ދުވަހަކަށް، ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ކުރެވޭނީ އެއްބަސްވުމުގެ ޖުމްލަ އަގުގެ (ފަނަރަ އިންސައްތަ) ހަމަވަންދެންނެވެ. އެއްވެސް ހާލަތެއްގައި މުޅި އެއްބަސްވުމުގެ އަގުގެ އަށްވުރެ ލިކުއިޑޭޓް ޑެމޭޖަސް އިތުރުވެއްޖެނަމަ އެއްބަސްވުމުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ނުކުރެވި އޮތްބައި މަސައްކަތް ހަވާލުވި ފަރާތުގެ އަތުން ވަކިކުރެވިދާނެއެވެ.
ޖޫރިމަނާ ހިސާބު ކުރެވޭނީ:
CP*0.005*LD
CP (ކޮންޓްރެކްޓް ޕްރައިޒް): ކޮންޓްރެކްޓުގެ ޖުމްލަ އަގު
LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް
2.8. ކަސްޓަމްސްގެ އަންދާސީ ހިސާބުބަލާ ކޮމިޓީއިން ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމަށްފަހު، ބިޑްކާމިޔާބުވި ފަރާތުން އެއްވެސް ސަބަބަކާއިހުރެ މަސައްކަތްކުރުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ އެއްބަސްވުން ބާތިލްކުރަން ޖެހިއްޖެނަމަ، ކަސްޓަމްސްގެ އެއްވެސް ބިޑެއްގައި ބައިވެރި ވެވޭނީ އެއްއަހަރު ވުމަށްފަހުގައެވެ.
2.9. މަސައްކަތް ނިންމަންޖެހޭ މުއްދަތު މިއޮފީހުން ގުނާނީ ހުކުރު ދުވަސްތައް ނުހިމަނައެވެ.
- 3. އަންދާސީހިސާބު ހުށަހެޅުން:
3.1. އަންދާސީ ހިސާބު ހުށަހަޅުއްވާނީ 12 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.
3.2. އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
3.3. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
3.4. އަންދާސީހިސާބު ހުށަހަޅާއިރު އެކެއްގެ މަސްލަހަތުހިމެނޭ ކުންފުންޏެއް/އަމިއްލަ ފަރުދެއްނަމަ އެފަރާތަކުން ގިނަވެގެން ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
- 4. ހުށަހަޅަންޖެހޭ ތަކެތި
4.1. ކުންފުނީގެ ޕްރޮފައިލް.
4.2. ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.
4.3. އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
4.4. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ، ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަންގެ ކޮޕީ.
4.5. އަންދާސީ ހިސާބު ހުށަހަޅާއިރު، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ކަސްޓަމްސްގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގިއްޖެނަމަ އަންދާސީ ހިސާބު ބާތިލު ކުރެވޭނެއެވެ.
4.6. އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުއްވުން.
ޕޮއިންޓް ދެވޭނު އުސޫލުތައް
|
80 މާކްސް |
|
20 މާކްސް |
ޖުމްލަ |
100 މާކްސް |
03 ޖުލައި 2018