ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2018/16
އިޢުލާން
ލ. މާމެންދޫ ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް (ސެކަންޑް ޔުނީފޯމް) ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ލ.މާމެންދޫ ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް (ސެކަންޑް ޔުނީފޯމް) ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރެއްވުމަށް، ލ. މާމެންދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ކުލަބު ޖަމްޢިއްޔާތަކަށް އެކަންޏެވެ. އަމިއްލަ ފަރުދުންގެ ނަމުގައި ކުރިމަތި ނުލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މަސައްކަތުގެ މަޢުލޫމާތު ދިނުން |
8 ޖުލައި 2018 އާދިއްތަ |
ގަޑި: މެންދުރު 13:00 |
އެސްޓިމޭޓް ހުށަހެޅުން |
12 ޖުލައި 2018 ބުރާސްފަތި |
ގަޑި: މެންދުރު 13:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ގެންނަންވާނެއެވެ. މަޢުލޫމާތު ނެގުމަށް ބަދަލުގައި އެހެން ފަރާތަކަށްވެސް އާދެވިދާނެއެވެ. މަޢުލޫމާތުދޭ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
19 ޝައްވާލު 1439
03 ޖުލައި 2018