ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/36
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 12 ޖުލައި 2018 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ އޮކްޓޫބަރު, ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން:

 

     ނަންބަރު: IUL)120/1/2018/36)

 

އިޢުލާން

2018 ވަނަ އަހަރުގެ އޮކްޓޫބަރު, ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން: 

2018 ވަނަ އަހަރުގެ އޮކްޓޫބަރު, ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2018 ޖުލައި 08 ން ފެށިގެން 2018 ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ ބައިވެރިވާ ސެންޓަރަކަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 13:30 އަށެވެ. ފޯމު ހުށަހަޅާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުންއެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

19 ޝައްވާލް 1439

03  ޖުލައި  2018

03 ޖުލައި 2018