ކުއްޔަށް ދިނުން
ނަންބަރު: (IUL)426-AB/426/2018/49
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 09 ޖުލައި 2018 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ބާޒާރުން ފިހާރަތައް ކުއްޔަށް ދޫކުރުން

އިޢުލާން 

އައްޑޫސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކުރާ "ސިޓީ ބާޒާރު" ގެ ފިހާރަތަކުގެ ތެރެއިން 05 ފިހާރަ ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. ކުއްޔަށް ދޫކުރާ ފިހާރަތަކަކީ، 2 ނަމްބަރ ފިހާރަ، 3 ނަމްބަރ ފިހާރަ، 5 ނަމްބަރ ފިހާރަ، 6 ނަމްބަރ ފިހާރަ، އަދި 7 ނަމްބަރ ފިހާރަ އެވެ.

އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށްދިނުމަށް ނިންމާފައިވާ މި ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ސެޓް ގަންނަން ލިބޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ފޯމު ސެޓެއްގެ އަގަކީ،  150/- ރުފިޔާ އެވެ.  ފޯމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި މަހުގެ 9 ވާ ހޯމަ ދުވަހުގެ 11:00 ގައި އައްޑޫސިޓީ ކައުންސިލް އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފާރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.  

18 ޝައްވާލް 1439

02 ޖުލައި 2018