ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2018/67
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 22:27
ސުންގަޑި: 09 ޖުލައި 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓަގް ޑްރައިވަރ
ބޭނުންވާ އަދަދު :3

މުސާރަ:

މަހަކު -/4580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3664ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

3،000ރ - 4،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ކަނޑުމަގުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްގެ E އަދި F އޮތުން. (E ކަފުގައި ޖަހައިގެން ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެދަށް، F އަދި ކަފުގައި ޖަހައިގެން ދުއްވާ އުޅަނދުފަހަރު 150 ހޯސްޕަވަރަށްވުރެ މަތި)

- ޓަގް އޮޕަރޭޓް ކުރުމުގައި މަދުވެގެން 02 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

- ގިނަ ވަގުތު ކަނޑުމަތީގައި އުޅެވޭ، ސިއްޙަތު ސަލާމަތުންހުރި މީހަކު ކަމުގައިވުން.

- އުމުރުން 35 އަހަރުން މަތީ މީހެއް ކަމުގައި ނުވުން.   

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ސަރުކާރުގެ ޤަވާޢިދުތަކާއި ޙިލާފުނުވެ އުޅަނދުފަހަރު ދުއްވުމާއި، މަސައްކަތުގައި އުޅޭ އިރު ރައްކާތެރިކަމާއި ފަރުވާތެރިކަމާއިއެކު ދުއްވުން

- އުޅެމުންދާ އުޅަނދުގެ މަރާމާތުގެ މަސައްކަތެއް ކުރާއިރު މެކޭނިކުންނަށް އެހީތެރިވެ މަސައްކަތުގައި ބައިވެރިވުން

- އުޅަނދުފަހަރުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ޓޫލްފަދަ ސާމާނު ރަގަޅަށް ސާފުކޮށް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުމަށް ފަޅުވެރިންނަށް އަންގާ ބަލަހައްޓަމުން ގެންދިއުން.

- ބާޖްފަހަރު ގެނެސް ގެންދާއިރު އަދި ބޯޓުފަހަރު ދުރުކޮށް ކައިރި ކުރާއިރު ގެއްލުމެއް ނުވާގޮތަށް ފަރުވާ ބަހައްޓައިގެން ދަތުރުކުރުންް.

- ބާޖްފަހަރު ކަފުޖަހައިގެން އަންނައިރު ބާޖްގައި ޖަހާފައި އޮންނަވާ ދިގުވެގެން ބާޖް ކޮންޓްރޯލް ކުރުމަށް ދަތިވާނެހެން ހީވާކަމަށް ފެންނަހިނދެއްގައި އެކަން ރަގަޅުކޮށް ގެއްލުމެއް ނުވާގޮތަށް ބަލައިގެން ދަތުރުކުރުން.

- އުޅެމުންދާ އުޅަނދުގެ ދަތުރުކުރުމުގެ ތެރޭގައި އާއި އަދި އެނޫންވެސް ގޮތަކުން ޓަގަށް ދިިމާވާ މައްސަލައެއް ނުވަތަ އެކްސިޑެންޓް ވަގުތުން ޔައުމިއްޔާގައި ނޯޓްކޮށް އަދި އެވަގުތު ޑިއުޓީގައި ހުންނަ ސުޕަވައިޒަރަށް އެކަން އެންގުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2018 ޖުލައި 09 ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293 

އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
02 ޖުލައި 2018