ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2018/10
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 16 ޖުލައި 2018 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ލީގަލް އޮފިސަރގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު

                     

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

2 ޖުލައި 2018

ނަންބަރު

(IUL)168-CA/1/2018/10

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤާމު:

ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކަށް ލީގަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޝްވަރާގެ މަތިން ޤާނޫނީ ލަފާދިނުން.
  3. ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމާއި ޝަރީއަތުގެ މަޖިލީހުގައި ކޮމިޝަން ތަމްސީލް ކުރުން.
  4. ކޮމިޝަނުން ރިވިއުކުރަން ނިންމާ ޤާނޫނުތަކާއި ޤަވައިދުތަކާއި އިދާރީ އުސޫލުތައް ލީގަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ ލަފާގެ މަތިން ރިވިއުކުރުން.
  5. ކޮމިޝަނުގެ އެސްއޯޕީތައް ތައްޔާރު ކުރުމާއި ރިވިއު ކުރަންޖެހޭ އެސްއޯޕީތައް ރިވިއު ކުރުން.
  6. ހެދިފައިވާ އަދި އަލަށް ހަދާ ޤާނޫނުތަކާއި ޤަވައިދުތަކުން ކޮމިޝަނަށް ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންކަން ޑިރެކްޓަރގެ ލަފާގެ މަތިން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  7. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގެއާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުންނާއި، އދ. ގެ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރުން ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ލީގަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ ލަފާގެ މަތިން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  9. ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  10. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  11.  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  1. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ އެޓެސްޓްކޮށްފައިވާ ލިޔުން

ސުންގަޑި:

16 ޖުލައި 2018 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން:

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމައެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިޔަރީ ޓެސްޓާއި އިންޓަވިއު އޮންނާނީ  ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

                   

 

 

02 ޖުލައި 2018