ނީލަން
ނަންބަރު: (IUL)374-C/374/2018/77
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 08 ޖުލައި 2018 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްފައިލާކޮޅު މަގުކައިރީގައި ހުރި 3 ގަސް މިދިލި ނީލަންކިޔުން

މިރަށު ކައްފައިލާކޮޅު މަގުގެ އިރުވައިފަރާތު ސަހަރާގެ އުތުރު ކަނުން ފެށިގެން ޢަބްދުﷲ ޚަލީލު ގޯއްޗާއި ދެމެދު މަގުކައިރީގައި ހުރި  03 ގަސް މިދިލި ނީލަންކިޔުން 2018 ޖުލައި 08 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައި އެސަރަހައްދުގައި އޮންނާނެއެވެ.

ވީމާ، މިނީލަމުގައިބައިވެރި ނީލަމުން ތަކެތި ނަންގާ ފަރާތްތަކުން 2018 ޖުލައި 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވައި 2018 ޖުލައި 14 ވާ ހޮނިހިރު ދުވަހުގެ ނިލަޔަލަށް ނީލަމުން ނެންގެވި ތަކެތި ބުޑުން ކޮނެގެން ނަންގަވައި ބިންސާފްކުރަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ތަކެތި ކަނޑައި ބިންސާފްކޮށް ތަކެތި ނުގެންގޮސްފިނަމަ ކުރިޔަށްއޮތް 1 އަހަރު ދުވަހުގެ ތެރޭގައި މިއިދާރާއިން ކިޔާ އެއްވެސް ނީލަމެއްގައި އެފަރާތަކަށް ބައިވެރި ނުވެވޭނެއެވެ.

މިހެންވެ. މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

    17 ސައްވާލް  1439

01   ޖުލައި  2018

01 ޖުލައި 2018