ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/239
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 12 ޖުލައި 2018 09:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީން ބޭނުންވާ ސްޓޭމްޕް ހަދާނެ 02 ފަރާތެއް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމާއި ގުޅޭ

މި މިނިސްޓްރީން ބޭނުންވާ ސްޓޭމްޕް ހަދާނެ 02 ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/213 (21 ޖޫން 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އިޢުލާން ބާޠިލްކޮށް، މި މިސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.           

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 09:30 އިން ފެށިގެން 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހުގެ 08:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

02 ޖުލައި 2018