މަސައްކަތް
ނަންބަރު: (IUL)101-AF/1/2018/126
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 11 ޖުލައި 2018 13:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ގައި ބޭނުންކުރާ މަކުޑި ސޮފްޓްވެއަރ ގެ އޮންލައިން ޕޯރޓަލް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ސަރުކާރުން ފައްޓަވާފައިވާ "ނޭޝަނަލް ސިންގަލް ވިންޑޯ" ޕްރޮޖެކްޓްގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ގައި ބޭނުންކުރާ މަކުޑި ސޮފްޓްވެއަރ ގެ އޮންލައިން ޕޯރޓަލް މި މިނިސްޓްރީގެ އީ.އައި.އެފް ޓިއަރ 1 ޕްރޮޖެކްޓުން ފަރުމާކޮށްދޭން ބޭނުންވާތީ އޮންލައިން ޕޯރޓަލް ޑިވަލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހު، މެންދުރު 13:00 ގައި މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައި ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވާ، މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، މަޢުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުމާއި، ހުޅުވުން އޮންނާނީ  11 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި،  މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ހޯލްގައެވެ. ބީލަމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ގޮތަށް ލޭބަލް ކުރެވި، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333139 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

      18  ޝައްވާލް 1439

02 ޖުލައި 2018