މަސައްކަތް
ނަންބަރު: (ILU)GS08/2018/28
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 10 ޖުލައި 2018 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިމަރުކަޒުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަރުކަޒުގެ ހޯލް އިމާރާތަށް ބޭނުންވާ ސައުންޑް ސިސްޓަމް ހޯދައި އިންސްޓޯލް ކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޖުލައި 02 އިން 2018 ޖުލައި 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖުލައި 08 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ޖުލައި 10 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

  6. ބިޑް ހުޅުވުން އޮންނާނީ 2018 ޖުލައި 16 ވާ ހޯމަ ދުވަހުގެ 11:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

   ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

   ފޯން:  6500014, 6500076

   އީ-މެއިލް: [email protected],mv

  ކޮޕީ އީ-މެއިލް: [email protected]

  

                               01 ޖުލައި 2018

01 ޖުލައި 2018