ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2018/268
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 05 ޖުލައި 2018 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭަޖަރ ، އޮފިސަރ

 

ނަންބަރު: FNK/A/IUL/2018/268

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ފައިނޭންސް ޑިޕާޓްމަންޓް / ބަޖެޓް އެންޑް ފައިނޭންޝިއަލް ކޮންޓްރޯލް ސެކްޝަން  

ޑިޕާރޓްމަންޓް:

6120ރ. (ހަހާސް އެއްސަތޭކަ ވިހި ރުފިޔާ)

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 2 (ދޭއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުމް، ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު އެމް.އެސް 1 (އެކެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 2 (ދޭއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

 

ފެންވަރު ނުވަތަ ޝަރުތު:

  • ރަށްރަށުގެ އިންޖީނުގެތަކުން ޚިދުމަތް ބޭނުންވެގެން ފޮނުވާ ލިސްޓްތަކާއި ސަޕްލައިކުރަން ފޮނުވާ ތަކެތި ޗެކްކޮށް ބަޖެޓްގައި ހިމެނިފައިވޭތޯ ބަލާ ޗެކުރުން.
  • ބަޖެޓް ބާކީކޮށް، ޚަރަދުގެ ނިޒާމްގެ ދަށުން ބަޖެޓްގެ ކަންކަން ބެލެހެއްޓުމުގައި މެނޭޖަރުއަންގާ ގޮތަކަށް މަސައްކަތް ކުރުން.
  • ބަޖެޓް ކުރެވިގެން ދޫކުރެވޭ ތަކެތި، ރަނގަޅަށް އެކައުންޓްކޮށް ،ބަޖެޓާއި ގުޅޭގޮތުން ނިންމަން ޖެހޭ ރިޕޯޓްތަށް އިސްވެރިން އަންގާގޮތެއްގެ މަތިން ނިންމުން.
  • ސަޕްލަޔަރުން ފޮނުވާ ބިލްތަކަށްފައިސާ ދެއްކުމުގެ ކުރީން  ސިސްޓަމަށް އެންޓަރކުރުން.
  • ކުންފުނީގެ އަހަރީ ބަޖެޓް ތައްޔާރު ކުރުމުގައި އިސްވެރީންނަށް އެހީތެރިވުން.
  • ބަޖެޓުން ޚަރަދު ކުރުމުގައި ހުއްދަދޭ ފަރާތްތަކުން ހުއްދަދީފައި ވޭތޯ ބަލާޗެކްކުރުން.
  • މަސައްކަތްތަށް ކުރުމުގައި ދިވެހިރާއްޖޭގެ މާލިއްޔަތުގެ ޤާނޫނު، އެންމެހާ ޓެކްސްގެ ޤާނޫނުތަކާއި މާލީ އިދާރާތަކުން ނެރެފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެންމެހާ ކަންކަން ބަލަހައްޓާ ތަންފީޒްކުރުން.

މަސްޢޫލިއްޔަތުތައް:

 

އޮފިސަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ފައިނޭންސް ޑިޕާޓްމަންޓް / ބަޖެޓް އެންޑް ފައިނޭންޝިއަލް ކޮންޓްރޯލް ސެކްޝަން 

ޑިޕާރޓްމަންޓް:

4650ރ. ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ )

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ކުންފުނީގެ އަހަރީ ބަޖެޓް އެކުލަވާލުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި ހަމަޖައްސަންޖެހޭ އެންމެހާ ކަންތައްތައް ތަންފީޒުކުރުން.

(ށ) ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ އުޞޫލުތަކާއި ޤަވާއިދުތައް ހިންގާ ތަންފީޒުކޮށް އެކަންކަން ބެލުން.

(ނ) ކުންފުނީގެ ފައިސާގެ މުޢާމަލާތް ތަކުގައި ބޯޑުން ފާސްކޮށްފައިވާ ބަޖެޓާއި ކޯޕަރޭޝަން ގެ ޤަވާޢިދާއި އެއްގޮތަށް ހިންގުން.

(ރ) ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންނާއި އިންޓަރނަލް އޮޑިޓަރުންނާއި ކުރަންޖެހޭ މުޢާމަލާތްތައްކޮށް އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ބޭނުންވާ ވަގުތަށް ފޯރުކޮށްދިނުން.

(ބ) ބަޖެޓަރީ މަސައްކަތްތައް ބެލުމާއި ބަޖެޓް ފޯކާސްޓު ކުރުމާއި ތައްޔާރު ކުރުމާއި، އަހަރުތެރޭގައި ބަޖެޓް ކުރިއެރުން މުރާޖާކޮށް ރިޕޯޓްކުރުން.

(ޅ) ކުންފުނީގައި ހިނގާފާނެ ފައިސާއާ ގުޅުންހުރި ޚިޔާނާތުގެ ކަންކަމަށް މަގުފަހިވާނެ ކަންކަން ދަނެގަނެ މިފަދަކަންކަން ތަހުޤީޤުކުރުމަށް އެހީވެދީ ކަމާބެހޭފަރާތް ތަކަށް އެންގުން.

މަސްޢޫލިއްޔަތު ތައް:

 

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

17 ޝައްވާލް 1439

01 ޖުލައި  2018   

01 ޖުލައި 2018