ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/IUL/2018/31
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 09 ޖުލައި 2018 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
Assistant Administrative Officer - Temporary

216-MPAO/IUL/2018/31:ނަންބަރު

ވަޒީފާގެ ފުރުޞަތު

 

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު: 02

މުސާރަ:  މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު: 08:00 އިން 16:00 އަށް.

މަސައްކަތް ކުރަންޖެހޭ މުއްދަތު: 3 މަސް ދުވަސް (ދެވިފައިވާ މުއްދަތައް މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ)

 

ފެންވަރު ނުވަތަ ޝަރުތު:

  1. ކޮމްޕިއުޓަރަށް އަހުލުވެރި، މައިކްރޮސޮފްޓް އެޕްލިކޭޝަންތަށް ބޭނުންކުރަން ރަނގަޅަށް އެނގުން.

  2. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

  3. ޖީ ސީ އީ އޯލެވެލް ފެންވަރު ހުރުން

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)

  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

 

މަޤާމުގެ މަސްއޫލިއްޔަތު:

  • މި އޮފީހުގެ ލިޔެކިޔުންތައް އަރްޝީފްކުރުމަށް (އާރކައިވް) ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]

 

 

01 ޖުލައި 2018

28 ޖޫން 2018