ދިވެހިރާއްޖެ
ނަންބަރު: A)AB-2018/112)
އިޢުލާން
2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމާ ބެހޭ
2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 2018 ޖުލައި 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ ރަށު/އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ނުވަތަ އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެއެވެ.
ޝަރުތު:
- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
|
|
އުޖޫރަ: |
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1200ރ (ބާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. |
|
އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް -/1000ރ (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ (ފަސް ސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު. އަދި ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެއެވެ.
|
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
- މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށްއެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށައަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
- ޕާސްޕޯޓް ސައިޒުގެ ނެގިފަހުން 03 މަސް ނުވާ 1 ގަނޑު ފޮޓޯ
14 ޝައްވާލު 1439