ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/68
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 30 ޖޫން 2018 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ

އިޢުލާން

 

މަގުތަކާއި ގޯޅިތަކަށް ނުކުމެފައިވާ ގަސްތައް ކޮށުމާއި ގުޅޭ

ރަށުގެ އެކި ހިސާބުތަކުން މަގުމަގާއި ގޯޅިގޯޅިއަށް ގަސްތަކުގެ އަފިތައް ނުކުމެ މަގުހިނގާ މީހުންނަށް އުނދަގޫވެ މަގުތަކުގެ ރީތިކަން ގެއްލެމުންދާތީ، ގަސްތަކުގެ އޮފިތައް ކޮށުމަށް މީގެ ކުރިން ވަނީ ތަކުރާރުކޮށް އަންގާ އިޢުލާނު ކުރެވިފައެވެ. ނަމަވެސް ބައެއް ހިސާބުތަކުގެ ގަސްތަކުގެ އަފިތައް އެލި މަގުހިނގާ މީހުންނަށް އުނދަގޫ ވާގޮތަށް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މިހެންކަމުން 30 ޖޫން 2018 ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު މަގުތަކަށް ހުރި ގަސްތައް ކޮށާގޮތައް ވަނީ ހަމަޖެހިފައެވެ. އަދި މިމަސައްކަތް ކުރުމުގައި ވީހާ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ވާހަކަ ދެންނެވީމެވެ. އަދި މިދުވަސްވަރަކީ ބަނބުކެޔޮ ހަރުވަމުން އަންނަ ދުވަސްވަރު ކަމަށްވާތީ، ބަނބުކެޔޮ ގަސްތަކުން ކޮށާނީ ބަނބުކެޔޮ ނެތް އަފިތައް ކަމަށާއި، ބަނބުކެޔޮ ކެނޑުމަށްފަހު އެގެއެއްގެ ގަސްތައް އެގެއަކުން ކޮށުމަށާއި، އަދި ނުކޮށައިފިނަމަ މިއިދާރާގެ ފަރާތުން ކޮށުމުގެ މަސައްކަތް ކުރާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  14 ޝައްވާލް 1439

                   28 ޖޫން 2018

28 ޖޫން 2018