ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ޖޫން 2018 14:58 ގައި ބާތިލް ކުރެވިފައެވެ.
މި މިނިސްޓްރީން 2018 މޭ 06 ވަނަ ދުވަހު ކުރި ނަންބަރު (IUL)138-AS6/1/2018/150 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި ޢާންމުކުރެވިފައިވާ ސަރުކާރުގެ "ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީގެ ތެރެއިން ތިރިގައިމިވާ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހާއި ފޯމު، އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
އަދި މި ކެޓެގަރީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 475 ފުލެޓުގެ ތެރެއިން ޑޮކްޓަރުންނަށް ކަނޑައެޅިފައިވަނީ 125 ފުލެޓު ކަމާއި އަދި ނަރުހުންނަށް 350 ފުލެޓުކަމުގައިވެސް ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޞްލާޙު 1 |
|||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ |
||||||||||||||||||||||
ގެނެވުނު އިޞްލާޙު |
ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކު ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 2 (ތަޢުލީމީ ފެންވަރު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 2 |
|||||||||||||||||||||||||||||||
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ |
||||||||||||||||||||||||||||||
ގެނެވުނު އިޞްލާޙު |
މި ޢިއުލާނުގެ އިޞްލާޙު 1. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ ފޯމުގެ ސުމާރު ނަންބަރު 4 (ފުލެޓަށްއެދޭ މީހާގެ ތަޢުލީމީ ފެންވަރުގެ މަޢުލޫމާތު) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް:
|
އިޞްލާޙު 3 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކު ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 4 (މާލެ/ހުޅުމާލެ/ވިލިމާލޭގައި ސިއްޙީ ދާއިރާއިން ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ މަޤާމުގައި ސިވިލް ސާރވިސްގައި މަސައްކަތް ކުރާ ފަރާތަކަށްވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: މާލެ/ހުޅުމާލެ/ވިލިމާލޭގައި ސިއްޙީ ދާއިރާއިން ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ މަޤާމުގައި ސިވިލް ސާރވިސްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ފަރާތަކަށްވުން |
އިޞްލާޙު 4 |
|
އިޞްލާޙު ގެނެވުނު ކެޓެގަރީތައް |
1) ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީ |
ގެނެވުނު އިޞްލާޙު |
ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓެގަރީގެ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކު ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 5 (މިކެޓެގަރީއިން ފުލެޓް ލިބޭ ފަރާތަކުން ފުލެޓު ހަވާލުކުރުމަށް ފަހު މަދުވެގެން 10 އަހަރު ސިވިލް ސާރވިސްގެ ވަޒީފާގައި ދެމިހުރުން. ފޯމު ހުށަހަޅާ ފަރާތަކައީ 10 އަހަރުވުމުގެ ކުރިން ވަޒީފާއިން މުސްކުޅިކުރެވޭ އުމުރުގެ ފަރާތެއްނަމަ ވަޒީފާއިން މުސްކުޅި ކުރުމާ ހަމައަށް ސިވިލް ސާރވިސްގެ ވަޒީފާގައި ދެމިހުރުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ގެނެވުނު އިޞްލާޙް: މިކެޓެގަރީއިން ފުލެޓް ލިބޭ ފަރާތަކުން ފުލެޓު ހަވާލުކުރުމަށް ފަހު މަދުވެގެން 10 އަހަރު ސިއްހީ ދާއިރާއިން ސިވިލް ސާރވިސްގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ދެމިހުރުން. ފޯމު ހުށަހަޅާ ފަރާތަކައީ 10 އަހަރުވުމުގެ ކުރިން ވަޒީފާއިން މުސްކުޅިކުރެވޭ އުމުރުގެ ފަރާތެއްނަމަ ވަޒީފާއިން މުސްކުޅި ކުރުމާ ހަމައަށް ސިއްހީ ދާއިރާއިން ސިވިލް ސާރވިސްގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ދެމިހުރުން |