ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)453-AHR-2/1/2018/6
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 11 ޖުލައި 2018 14:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ޑިރެކްޓަރ

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-285682

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

މަހަކު 8،835.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 2،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޮއްތު ފައިސާ: ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ
  2. ޓެކްނިކަލް ކޯ އެލަވަންސް: (ޝަރުތު ފުރިހަމަވާނަމަ)2,473.80 ރުފިޔާ
  3. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސް: 3092.25 ރުފިޔާ
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  6. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މާލީ ކަންތައްތައް މާލިއްޔަތު ޤަވާއިދާއި އެއްގޮތައް ބެލެހެއްޓުމާއިބެހޭ މައިގަނޑު ނިޒާމުތައް ޤާއިމްކޮށް ކަމާބެހޭ ފަރާތްތަކާއި ވިލަރެސްކޮށް ހިންގައި ބެލެހެއްޓުން
  2. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބަޖެޓާބެހޭ ހިސާބުތަކާއި މާލީ ހިސާބުތަކާ ބެހޭ ރިޕޯރޓިންގ ޕްރޮސެސް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތަށް މެނޭޖްކުރުން.
  3. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރާ އެކިއެކި ޚަރަދުތަކާއި ލިބޭ އާމްދަނީ އާއި ފައިސާއާއި އަދި  ބޭންކް އެކައުންޓް ބެލެހެއްޓުމާއި ކޭޝް ފްލޯ މާލިއްޔަތު ޤަވާއިދާއި އެއްގޮތައް މެނޭޖްކުރުން.
  4. މެނޭޖްމެންޓާއި ޑިވިޜަން/ސެކްޝަން/ޔުނިޓްތަކާއި ވިލަރެސްކޮށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެއަހަރީ ބަޖެޓް މާލިއްޔަތު ޤަވާއިދާއި އެއްގޮތައް އަންދާޒާކޮށް އެޕްރޫވްކޮށް އެޕްރޫވް ކުރެވޭ ބަޖެޓް މެނޭޖްކުރުން.
  5. އެވްސެކްގެ ބަޖެޓުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ޤާނޫނާއި ގަވާޢިދާ އެއްގޮތަށް މުވައްޒަފުން ލައްވާ ކުރުވުން.
  6. ބަޖެޓުން ކުރެވޭ ޚަރަދުތަކާއި އެހެންނިހެން ބަޖެޓާބެހޭ ރިޕޯޓުތަކާއި މާލީބަޔާންތައް ތައްޔާރުކޮށް ޑިފެންސް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުމުގެ ކަންކަން ބެލެހެއްޓުން.
  7. ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ޕީ.އޭ މަސައްކަތްތައް ނިންމުމާއި  މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަނެ އެޓްރޭނިންތައް ދިނުމަށް މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ

ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް

ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7 .މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،

އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން

ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށް ފައިވާ ވަޒީފާ،

ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް

ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢްލީމާއި ތަމްރީނަށް ކަނޑައަޅާފައިވާ އިންސައްތަ %25
  2. މަސައްކަތުގެ ތަޖްރިބާއަށް ކަނޑައަޅާފައިވާ އިންސައްތަ %25
  3. ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) ކަނޑައަޅާފައިވާ އިންސައްތަ %50

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 11 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected], [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލްސް އޮންނާނީ 2018 ޖުލައި 4 ވަނަ ހަފްތާގައެވެ. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 2018 ޖުލައި 29 އިން 2018 އޮގަސްޓް 08 އާއި ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި ތާރީޚުތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެންތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013435,3013436 ނުވަތަ 3313724,3342967 އަށެވެ. އީ-މެއިލް ކުރާނީ އަށެވެ. [email protected]  - [email protected]

28 ޖޫން 2018