ދިވެހިރާއްޖެ
ނަންބަރު: 242/242/2018/27(IUL)
އިޢުލާން
އެއްގަމާއި ކަނޑުގެ އެގްޒަމިނަރ ހޯދުމާއި ބެހޭ
މިއިދާރާއިން ދޫކުރާ އެއްގަމާއި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
އެގްޒަމިނަރުން ބޭނުންވާ އަދަދު
އެއްގަމު ލައިސަންސް ދޫކުރުމަށް އެގްޒަމިންރުން ބޭނުންވާ ޢަދަދު: 01 ( އަންހެން)
ކަނޑުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިންރުން ބޭނުންވާ ޢަދަދު: 2 ( ފިރިހެން )
އަންހެން އެގްޒަމިނަރުންގެ ޝަރުތު
- ދަށްވެގެން A0A1 ގިންތީގެ ލައިސަންސް އޮތުން.
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން ،އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން.
ފިރިހެން އެގްޒަމިނަރުންގެ ޝަރުތު
- ދަށްވެގެން A B C D G ގިންތީގެ ލައިސަންސް އޮތުން.
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން ،އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 އަހަރު ދުވަސްވެފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
- ނިޔަމި ކަމުގެ ސަނަދު 1 ، 2 ނުވަތަ ކޯސްޓަލް ނެވިގޭޝަން ހަދާފައިވުން.
އުޖޫރަ
- އެއްގަމުގައި ދުއްވާ A0,A1 ކެޓަގަރީގެ އުޅަދަކަށް -/15 ރުފިޔާ.
- އެއްގަމުގައި ދުއްވާ އެހެނިހެން ކެޓަގަރީގެ ކޮންމެ އުޅަނަދަކަށް -/25 ރުފިޔާ.
- ކަނޑުގައި ދުއްވާ ކޮންމެ އުޅަނދަކަށް -/10 ރުފިޔާ.
އެގްޒަމިނަރުން ހޮވުމުގައި ގިނަގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
14 ޝައްވާލް 1439
27 ޖޫން 2018
މުޙައްމަދު ރިޒާން
ކައުންސިލް ނައިބް ރައީސް