ދިވެހިރާއްޖެ
ނަމްބަރު: (IUL)242/242/2018/26
އިޢުލާން
މިއިދާރާއަށް 4 ފުރޮޅުލީ ވެހިކަލެއްގަތުމާ ބެހޭ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބޭނުންމަށް 4 ފުރޮޅުލީ 8 މީހުންގެ ޖާގައިގެ ވެހިކަލެއްގަތުމަށް ކުރެވުނު ނަންބަރު:(IUL)242/242/2018/24 (11 ޖޫން 2018) އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، ވެހިކަލެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިފައިގެން ގދ.އަތޮޅުކައުންސިލް އިދާރާގެ މީޓިންރޫމަށް ވަޑައިގެން ދެއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
09 ޖުލައި 2018 ވަނަ ދުވަހުގެ 10:00 އަށް |
12 ޖުލައި 2018 ވަނަ ދުވަހުގެ 10:00 އަށް |
ހުށަހަޅުއްވާ އަންދާސީ ހިސާބު ހުންނަށްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
14 ޝައްވާލް 1439
28 ޖޫން 2018
މުޙައްމަދު ރިޒާން
އަތޮޅުކައުންސިލް ނައިބްރައީސް