ދިވެހިރާއްޖެ
މިރަށުގައި މަސްކައްކާ ހިއްކުމާއި، ހުއިފިލަނޑާގެ މަސައްކަތްތައް ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން 2018 ޖުލައި 15 ވަނަދުވަހުގެ 14:00 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭފޯމް 2018 ޖޫން 28 ވަނަ ދުވަހުން ފެށިގެން 2018 ޖުލައި 09 ވަނަދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ބައްލަވައިގަންނަ ބިޑު ފޯމް އާއިއެކު ބިންކުއްޔަށް ހިފުމާއިބެހޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ. ބިޑު ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ދޫކުރުމަށް ހަމަޖެހިފައިވަނީ މިއުލާނާއިއެކުގައިވާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މިދަންނަވާ ބިންބިމެވެ.
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.5، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.6، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.7، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.8، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.9، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.10، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.11، 2000 އަކަފޫޓު)
- މަސްކައްކާ ހިއްކުމަށް/ ހުއިފިލަނޑާގެ މަސައްކަތަށް(ބިން ނަންބަރ 38.12، 2000 އަކަފޫޓު)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ފަރާތުންނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރ ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ލިޔުމެއް ކުންފުނި/ ކޯޕަރޭޓިވް/ ލޯކަލްއިންވެސްޓްމެންޓް ގެ ރަޖިސްޓްރީގެ ކޮޕީ އަދި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަފަރުދުން ބަދަލުގައި މީހަކު ފޮނުއްވައިގެން ހުށަހަޅާނަމަ ބިޑު ހުށަހަޅާ ފަރާތުގެ ސިޓީއެއް ބިޑްފޯމް ހިފައިގެން ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެންމެ ބިޑްފޯމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.