މަސައްކަތް
ނަންބަރު: (IUL)248-CAFA/248/2018/44
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 02 ޖުލައި 2018 13:15
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު މަގުފާރު ދޮރުގެ ދޮރުފަތް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އިހަވަންދޫ

ދިވެހިރާއްޖެ  

(IUL)248-CAFA/248/2018/44 ނަންބަރ

 

 

އިޢުލާން

 

ޤަބްރުސްތާނު މަގުފާރު ދޮރުގެ ދޮރުފަތް ބަދަލު ކުރުން

 

              ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ޤަބްރުސްތާނުގެ އިރުމަތީ މަގުފާރު ދޮރުގެ ދޮރުފަތް ބަދަލު ކުރަން ބޭނުން ވެގެން ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2018/40  ( 14 ޖޫން 2018 ) ގެ އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާފައި ނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

              ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 04 ޖުލައި 2018 ވާ ބުދަ ދުވަހުގެ 11:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

              މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

              އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ޤަބްރުސްތާނު މަގުފާރު ދޮރުގެ ދޮރުފަތް ބަދަލު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޖޫން 2018