Maldives Monetary Authority Scholarship 2018
|
ކޯހުގެ ނަން
|
އިކޮނޮމިކްސް ( މޭޖަރ އިން އިކޮނޮމެޓްރިކްސް)
|
ލެވެލް:
|
މާސްޓަރސްް ޑިގްރީ
|
ޤައުމު:
|
އޯ.އީ.ސީ.ޑީ ޤައުމެއް
|
ކޯހުގެ ޝަރުތު:
|
ޝަރުތު:
- އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ދާއިރާއިންް ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށް ދަށްވެގެންCGPA 3.5/4 ލިބިފައިވުން؛ އަދި
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ބީ" އިން ފެށިގެން މަތީގްރޭޑެއް ހާސިލް ކޮށްފައިވުން؛ ނުވަތަ
- CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން؛ ނުވަތަ
- IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ހާސިލުކޮށްފައިވުން؛ ނުވަތަ
- TOEFL އިން ދަށްވެގެން 580 (ޕޭޕަރ ބޭސްޑް) ނުވަތަ 230 (ކޮމްޕިއުޓަރ ބޭސްޑް) ހާސިލުކޮށްފައިވުން
ނޯޓް: IELTS އަދި TOEFLހާސިލުކުރިފަހުން ކޯހަށް ހުށަހެޅުމާދޭތެރޭ 18 މަސް ފާއިތުވެފައިވާނަމަ އެ ސެޓްފިކެޓެއް ގަބޫލެއް ނުކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކޮށްފައިވާ ސްކޯލަރޝިޕް އަށް އެދޭ ފޯރމް (ސްޓޭޓްމަންޓް އޮފް ޕަރޕަސް އާއެކު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އޯލެވެލް/އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ
- 2 (ދޭއް) ރެކޮމެންޑޭޝަން ލެޓަރ
|
އިތުރު މަޢުލޫމާތު
|
- މި ސްކޯލަރޝިޕް އަށް ހޮވޭނީ އެކަޑަމިކް މެރިޓާއި އިންޓަވިޔު ސްކޯރ އަދި ހުށަހަޅާފައިވާ
"Statement of purpose" ގެ ފެންވަރަށް ބެލުމަށް ފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތެކެވެ.
|
|
- އެކަޑަމިކް މެރިޓް އަށް ޕޮއިންޓް ދޭއިރު ބެޗެލަރސް ޑިގްރީގެ އިކޮނޮމެޓްރިކްސް މޮޑިއުލްތައް، އޯލެވެލް/އޭލެވެލް އިގިރޭސި އަދި ހިސާބު ގެ ނަތީޖާއަށް ބެލޭނެެއެވެ.
- ބެޗެލަރސް ޑިގްރީގައި އިކޮނޮމެޓްރިކްސް މޮޑިއުލްތައް ކިޔަވާފައި ނުވާފަރާތްތަކުގެ އެޕްލިކޭޝަން ޑިސްކޮލިފައި ކުރުމުގެ އިޚްތިޔާރު މި އޮތޯރިޓީ އަށް ލިބިގެންވެއެވެ.
- މި ސްކޯލަރޝިޕް އަށް ހޮވޭ ފަރާތްް ސެޕްޓެންްބަރު 2018 ނުވަތަ ފެބުރުވަރީ 2019 ގައި ކިޔެވުމަށް ފުރަންޖެހޭނެއެވެ.
- މި ސްކޯލަރޝިޕަށް ހޮވޭ ފަރާތަށް ކޯހުގެ ޚަރަދު ތިރީގައި މިވާ ގޮތަށް ހަމަޖައްސައިދެވޭނެއެވެ.
ހ. ޓިއުޝަންފީ
ށ. ކިޔެވުން ހަމަޖެހޭ ޤައުމަކަށް ދެކޮޅު ޓިކެޓް އާއި ވިސާ ފީ
ނ. ސްޓައިޕެންޑް
ރ. ބުކް އެލަވަންސް
ބ. އެސްޓެބްލިޝްމަންޓް އެލަވަންސް
ޅ. ޑިޕާރޗަރ އެލަވަންސް
- ކޯސް ފުރިހަމަކުރެއްވުމަށްފަހު، 4 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް މި އޮތޯރިޓީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
މި ސްކޯލަރޝިޕަށް ހޮވޭ ފަރާތްތަކުން ކިޔެވުން ފުރިހަމަކުރަންވާނީ މިއޮތޯރިޓީއިން ކަނޑައަޅާ ޔުނިވަރސިޓީތަކަަކުންނެވެ. މި ޔުނިވަރސިޓީތަކުން ޕްލޭސްމަންޓް ހޯދުމުގައި މިއޮތޯރިޓީއިން އެހީތެރިވާނެއެވެ.
|
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 5 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 12:00
އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މަޖީދީ ބިލްޑިންގ، ބޮޑުތަކުރުފާނުމަގު، މާލެ
|
ކޯހަށްއެދޭ ފޯމު މި އޮތޯރިޓީގެ ވެބްސައިޓް http://www.mma.gov.mv އިންް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3012133 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.
|