މަސައްކަތް
ނަންބަރު: (IUL)95-PM/1/2018/08
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 08 ޖުލައި 2018 10:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓުގެ އުތުރު ގޮފީގެ މަރާމާތުގެ މަސައްކަތްތައް ކުރުން

 ހައިކޯޓުގެ އުތުރު ގޮފީގެ މަރާމާތުގެ މަސައްކަތްތައް ކުރުން

 

         ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހައިކޯޓުގެ އުތުރު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި ހައިކޯޓުގެ އުތުރު ގޮފީގެ މީޓިންގ ރޫމްގައި އެވެ. މަޢޫލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

27 ޖޫން 2018