ކުއްޔަށް ހިފުން
ނަންބަރު: (IUL)447-PR/1/2018/72
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 05 ޖުލައި 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސަރވިސަސްގެ ބޭނުމަށް ތިރީގައިއެވާ ރަށްތަކަށް ވެލި އުފުލުމަށްޓަކައި ފްލެޓް ބާޖް (40ft x 80ft) އާއިއެކު ޓަގް ބޯޓެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ.

1. ކ.ހިންމަފުށި އިން ރ.އުނގޫފާރު އަށް

2. ކ.ހިންމަފުށި އިން ބ.އޭދަފުށި އަށް

3. ކ.ހިންމަފުށި އިން ތ.މަޑިފުށި އަށް

4. ކ.ހިންމަފުށި އިން ޏ.ފުވައްމުލައް އަށް

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

13 ޝައްވާލް 1439

 

27 ޖޫން 2018