ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)213-PR/1/2018/56
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 01 ޖުލައި 2018 13:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ އޭ.ސީތައް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ.

  1. މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ  އޭ.ސީތައް ސަޕްލައިކޮށް ހަރުކޮށްދޭނެފަރާތެއް ބޭނުން ވެގެން ކުރެވުނު އިޢުލާން ނަމްބަރ: (IUL)213-PR/1/2018/51އަކީ ދެވަނަ އިޢުލާނުކަމަށް ވެފައި އަންދާސި ހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން އައިސްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޖޫން 27 އިން 2018 ޖޫން 28 އަށް 8:30 އިން 21:30 އަށް  އަދި 2018 ޖުލައި 01 އަށް 8:30 އިން 13:00 އަށް ރަސްމީ ދުވަސް ތަކުގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
  3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖުލައި 01 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މި ބީލަމާއި ގުޅިގެން އޮންނަ ޕްރީބިޑް މީޓިންގް އޮންނާނީ 2018 ޖުލައި 01 ގެ 13:30 ގައެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގައެވެ.
  6. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް

ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3306070, 332701

އީ-މެއިލް: [email protected] 

27 ޖޫން 2018