ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-EP/1/2018/121
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 08 ޖުލައި 2018 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޮންސަލްޓަންޓް)

އިޢުލާން

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަގާމާއި ގުޅޭ މަޢުލޫމާތު، މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.

    

-   01 ކެޕޭސިޓީ ބިލްޑިންގ އެންޑް ވެލިއު ޗެއިން ސްޕެޝަލިސްޓް

-   01 ބިޒްނަސް ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް

-   01 މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ސްޕެޝަލިސްޓް

-   01 އައި.ޓީ ސްޕެޝަލިސްޓް

މި މަޤާމްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،08 ޖުލައި 2018 ގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 ސިޓީއުރައިގެ ބޭރުގައި 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3333104،3333124 (960)+                                

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޝައްވާލް 1439

27 ޖޫން 2018