ޢާންމު މަޢުލޫމާތު
ނަންބަރު: 365/2018/50
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 03 ޖުލައި 2018 11:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު ޑޭޒީމަގު ބެއްދުމާއި ގުޅޭ

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

            މިއިދާރާއިން ދޭވޭ މަޢުލޫމާތާއި ޑޭޒީމަގު ހުޅަނގުކޮޅުން ކުރީގައި ބޭނުންކުރަމުންދިޔަ ސަހަރާތެރެއިން ކަނޑާފައިވާ މަގުގެ

ދެކޮޅު ރާނާ ބައްދައިދޭނެ ފަރާތެއް ހޯދަންވަނީ ބޭނުންވެފައެވެ. 

ވީމާ، މަތީގައި ދެންނެވި މަސައްކަތް އަމިއްލަތެކެތީގައި ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 03 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ

11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް

ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕޮއިންޓް ދޭނެގޮތް:

1-      އަގަށް %50

2-      މަސައްކަތުގެ ތަޖުރިބާއަށް %20

3-      ހުށަހަޅާ ހުށަހެޅުމަށް %20

4-      މުއްދަތަށް

މިމަސައްކަތަށްއެދި ކުރިންކޮށްފައިވާ ނަންބަރ 44/2081/365 (03 ޖޫން 2018) އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން މަޢުޅުމާތު

ސާފުކޮށްފައިނުވާތީ އެއިޢުލާން ވަނީ ބާތިލްކުރެވިފައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  13 ޝައްވާލް 1439

                  27 ޖޫން 2018

 

                                                          އިބްރާހީމް ޒަކީ

                                                   މުލަކަތޮޅު މުލީ ކައުންސިލްގެ ރައީސް

27 ޖޫން 2018