ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / އެސިސްޓެންޓް އޮފިސަރ (ކޮންޓްރެކްޓް 1 އަހަރު)
ބޭނުންވާ އަދަދު: 10 (ދިހައެއް)
އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ މާލެ / ހުޅުމާލެ
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނާއި މުޢާމަލާތު ކުރުމާއި، ކަސްޓަމަރުންނަށް އެހީތެރިވުން
- ރެކުތަކުގައި މުދާ ޖެހުމާއި ރެކުތައް ސާފުކޮށް ބެލެހެއްޓުން
- މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބަލައި އަންގަން ޖެހޭ ފަރާތްތަކަށް އެންގުން
- ކައުންޓަރުގެ މަސައްކަތް ކުރުން
- އެސްޓީއޯގައި ބޭނުން ކުރާ ޑޮކިޔުމަންޓަސް އާރކައިވް ކުރުމުގެ މަސައްކަތްކުރުން
- އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޖީސީއީ އޯލެވަލް 1 މާއްދާއިން އަދި އެސް.އެސް.ސީ އިން 1 މާއްދާއިން ފާސް ވެފައިވުން
- މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން
- މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމް: ސޭލްސް އެސިސްޓެންޓް (ކޮންޓްރެކްޓް 1 އަހަރު)
ބޭނުންވާ އަދަދު: 10 (ދިހައެއް)
އަސާސީ މުސާރަ: މަހަކު -/3240 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ މާލެ / ހުޅުމާލެ
މަޤާމުގެ މަސްއޫލިއްޔަތު
- އެސްޓީއޯއިން އެކި އެކި ވޯކްސައިޓަށް ނުވަތަ ތަންތަނަށް ގެންދަންޖެހޭ ތަކެތި ގެންދިޔުމުގައި އެހީވުން
- އެސްޓީއޯގެ އިންޓާނަލް ބޭނުމަށް ގަންނަ ތަކެތީގެ ބާޒާރުގެ އަގު ހޯދުން
- މަސައްކަތް ކުރާ ވޯކްސައިޓު ފޮޅައި ސާފުކުރުން
ފެންވަރު ނުވަތަ ޝަރުތު
- އަސާސީ ތައުލީމީ ފެންވަރު ހުރުން
- ޝިފްޓް ޑިޔުޓީއަށް މަސައްކަތް ކުރެވުން
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344261 / އީމެއިލް އެޑްރެސް:[email protected]