ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-MS/INDIV/2018/25
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 27 ޖުލައި 2018 00:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހާއި ބެހޭ

   ގޯތިން ބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން ބައެއް ރުއްގަހުގައި އެތަކެތީގެ ވެރިފަރާތް އަންގައިދޭ ނަންބަރު ޖަހާފައިނުވާތީ ކައުންސިލުންނާއި ސަރުކާރުން ހިންގާ އެކިއެކި މަސްރޫޢުތަކަށް ބިން ސާފުކުރުމުގައި އެތަކެތީގެ ވެރިފަރާތް ދެނެގަތުމަށް ކައުންސިލަށް އެކިކަހަލަ އުނދަގޫތައް ދަނީ ދިމާވަމުންނެވެ.

   އެހެންކަމަމުން ގޯތިންބޭރުގައި އިންދާ ހައްދާފައިވާ ރުއްގަހުގައި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތުގެ ނަންބަރު ޖެހުމަށް ހުރިހާ ފަރާތަކަށްވެސް އަންގަމެވެ.

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

26 ޖޫން 2018