ދިވެހިރާއްޖެ
|
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ
އުލިގަން، ދިވެހިރާއްޖެ
ނަންބަރ: IUL)/245/245/2018/21) |
އިޢުލާން
ނީލަން ކިޔުން
މިރަށުގައި ސިޓީހޮޓާ ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލުމަށް ފަހު މަސައްކަތަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކައުންސިލަށް ލިބިފައިވާ ތިރީގައި މިދަންނަވާތަކެތީގެ ނީލަންކިއުން 09 ޖުލައި 2018 ވާ ހޯމަ ދުވަހު ހެނދުނު 9:30 ގައި އެތަކެތީގެ ކައިރީގައި އޮންނާނެއެވެ.
1- ކޮންޓެއިނަރ
2- ތެޔޮއަޅާ ޓޭންކް
3- ހިލަ
4- ހިލަވެލި
5- އެޅިގައު ފުލްބްލޮކް
6- ދަގަނޑު އެކި ސައިޒްގެ
7- ހަލާކުވެފައިވާ ބައެއް ވެހިކަލްގެ ތަކުގެ ބައިތަކާއި އެހެނިހެން ތަކެތި
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން، 5 ދުވަހުގެ ތެރޭގައި ( ރަސްމީބަންދު ނުހިމަނާ ) އަގު އަދާކުރެއްވުމާއެކު ތަކެތި 30 ދުވަހުގެ ތެރޭގައި ގެންދަވާ ބިންސާފްކުރަންވާނެއެވެ.
އަދި ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކާއި ތަކެތި ހަވާލުކުރެވޭނީ ތަކެތީގެ އަގު ކައުންސިލަށް ދެއްކެވުމުންނެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވާފިނަމަ އެތަކެތި ނައްތާލުމުގެ ފުރިހަމަ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވި ކަމުގައިވިޔަސް، ކަނޑައެޅިފައިވާ އުޞޫލުން އެތަކެއްޗަށްވާ ފައިސާ އެފަދަ ފަރާތްތަކުން ދައްކަވަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިނީލަމުގައި ވީހާގިނަބަޔަކު ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރައްބޮޑު އެދުމެކެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
12 ޝައްވާލް 1439
26 ޖޫން 2018