ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A1/1/2018/168
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 18:38
ސުންގަޑި: 05 ޖުލައި 2018 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަގާމް

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 03 މަސް

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ މަހަކު

މަސައްކަތަށް ނިކުމެ މަސައްކަތް ފުރިހަމަ ކުރާ ކޮންމެ ދުވަހަކަށް -/450 ރުފިޔާ

މަސައްކަތު ވަޤުތު: މަސައްކަތަށް ޙާޟިރުވާން ޖެހޭ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 06 ގަޑިއިރާ 12 ގަޑި އިރާ ދެމެދު

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

މަގާމުގެ ޝަރުތު

  1. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  2. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ
  3. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލު ކޮށްފައިވުން

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. ޒަކާތު ސްކޮލަރޝިޕް ކޮމިޓީ ރާވާ ހިންގުން.
  2. ކަމާގުޅޭ ގޮތުން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތުތައް ހޯދުމާއި މުވައްޒަފުންނަށް ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  3. ޒަކާތު ސްކޮލަރޝިޕް ކޮމިޓިން ނިންމާ އެންމެހައި ކަންތައްތައް ތަންފީޛުކުރުވުން.
  4. ޒަކާތު ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމްތައް ސްކޮލަރޝިޕް ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އިވެލުއޭޓްކޮށް ސްކޮލަރޝިޕް ލިބޭ ފަރާތްތައް ކަނޑައެޅުން.
  5. ސްކޮލަރޝިޕް ލިބޭ ފަރާތްތަކުގެ ޚަރަދުތައް ބަޖެޓަށް ފޮނުވައި ޚަރަދުތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ. މީގެ އިތުރުން ފަރިތަކަމާއެކު އިނގިރޭސިބަހުން ލިޔަން ކިޔަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ސުންގަޑި

  • 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް             ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

12 ޝައްވާލް 1439

26 ޖޫން 2018