ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 202-L/1/2018/56
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 26 ޖުލައި 2018 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

                           

 

އިޢުލާން

 

މާލޭގައި ވިޔަފާރީގެ ގޮތުގައި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

މާލޭގެ މަގުތައް ތޮއްޖެހި ކާރުބާރު ބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، މިނޫންވެސް މިފަދަ ކަންކަމުގައި މަގުތައް ބޭނުންކުރުމަށް ވަރަށްބޮޑަށް ދަތިވަމުންދާތީ، މާލޭގައި ވިޔަފާރި އުޞޫލުން މުދާ އުފުލުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ދ) ގައި ވާގޮތުގެމަތިން މާލެތެރެއަށް ވިއްކުމާއި ގުދަންކުރުމަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމަށް ވަގުތުތަކެއް ކަނޑައަޅައި 21 މާރިޗް 2018 ދުވަހު ކޮށްފައިވާ ނަންބަރު  (IUL) 202-L/1/2018/25  އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަސައްކަތާއި، ބޮޑުތަކުރުފާނު މަގާއި، ގުޅިފައިވާ އެހެނިހެން މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި މާލޭގެ މަގުތައް ރީޑިޒައިންކޮށް ޓްރެފިކަށް ޙައްލު ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިނަ މަގުތަކެއް ބަންދުކުރެވިފައިވާތީ، އެއްގަމު ދަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށްވުރެ ދަށުގެ މުދާ އުފުލާ އެއްގަމުއުޅަނދުގައި މުދާ އުފުލުން 2018 ޖޫން 26 އިން ފެށިގެން ވަގުތީގޮތުން ހުއްދަކޮށްފީމެވެ.

12 ރަޖަބު  1439

26 ޖޫން   2018

 

 ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

26 ޖޫން 2018