މަޤާމު:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް
|
ރޭންކު:
|
CSC4-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ. ޕްރޮފެޝަނަލްސް
|
ސެކްޝަން:
|
ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް އެންޑް ކޮމްޕެންސޭޝަން)
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
މަހަކު -/3000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ދާއިމީ
|
އަސާސީ ޝަރުތު:
|
ހިއުމަން ރިސޯސް މެނޭޖްމެންޓް ގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮގަނައިޒޭޝަނަލް ރިވިއު ހެދުމަށް އެކުލަވާލަންޖެހޭ ޕޮލިސީތައް އެކުލަވާލުމާއި އޮގަނައިޒޭޝަން ރިވިއު ހެދުން.
- މަސްޢޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑު ފަރުމާކުރުމާއި، މުރާޖަޢާކުރުމާއި، ފާސްކުރުމުގައި ޢަމަލުކުރާނޭ ޕްރޮސީޖަރތައް އެކުލަވާލައި ކަމާގުޅޭ ފަރާތްތަކަށް އެންގުން.
- މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ފަރުމާކޮށް ނުވަތަ މުރާޖަޢާކޮށް ވިއުގަ 2.0 އިން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖަރތަކާ އެއްގޮތަށް ވިއުގަ 2.0 އިން އެޕްރޫވްކުރުމާއި އޮފީސްތަކަށް ބޭނުންވާ އެންމެހާ ލަފާ ދިނުން
- ސީއެސް ވިއުގަ 2.0 ގެ ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި މޮޑިއުލްތަކުން ކުރަންޖެހޭ މަސައްކަތްކުރުން
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން.
- ސިވިލް ސަރވިސްގެ މަގާމުތަކުގެ މުސާރައާއި އެލަވަންސްތައް އަދި އެހެނިހެން އިނާޔަތްތައް ކަނޑައެޅުން
- މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ސިވިލް ސަރވިސްގެ މުސާރައާ އިނާޔަތްތައް އެކުލަވާލުމުގެ އުޞޫލު ކަނޑައެޅުމާއި މުސާރައާއި ގުޅޭ އެންމެހައި މަސައްކަތް ރާވާ ހިންގުން
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ސްކިލް ސެޓްތަކާއި މަގާމުތަކުގެ ޝަރުތު އެކުލަވާލުމާއި މުރާޖަޢާ ކުރުމުގެ މަސައްކަތްކުރުމާއި ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން އިދާރާތަކުން ކުރިއަށް ގެންދާ ވަޒީފާގެ އޮނިގަނޑުތަކާއި މުސާރައިގެ އޮނިގަނޑުތައް ފަރުމާކުރުމުގައި ބޭނުންވާ ލަފާދިނުން.
- ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން ތައްޔާރުކުރެވޭ ވަޒީފާގެ އޮނިގަނޑުތަކަށް މުވައްޒަފުން ހިޖުރަކުރުމުގެ އުޞޫލު ކަނޑައެޅުން.
- ސިވިލް ސަރވިސްގެ ކެރިއަރ ފީލްޑްސް (ވަޒީފާގެ ދާއިރާތައް) ޤާއިމުކޮށް، މަސައްކަތު ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުން.
- އެހެން ސެކްޝަނުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އެ ސެކްޝަނުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއއޫލިއްޔަތުތައް އަދާކުރުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
4 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އަށް (މ.ޝިޕް ޕްލާޒާ ބިލްޑިންގ، 1 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %20)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: )
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: %65)
- ޕްރެކްޓިކަލްސް - %30
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - %35
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2018 ޖުލައި 10 ން 2018 ޖުލައި 23 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މ.ޝިޕް ޕްލާޒާ ބިލްޑިންގ، 1 ވަނަ ފަންގިފިލާ) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7799280 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|
|
12 ޝައްވާލް 1439ހ
26 ޖޫން 2018މ
|