ވަޒީފާގެ ފުރުޞަތު
ނަންބަރު: N-10HC/THC /IULAAN/2018/01
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 04 ޖުލައި 2018 13:30
ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެންރޯލްޑް ނާރސް
ބޭނުންވާ އަދަދު :1

އިޢުލާން

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

 

މަޤާމު

އެންރޯލްޑް ނާރސް

 

މަޤާމުގެ ނަންބަރު

J-274223

 

ބޭނުންވާ އަދަދު

01 (އެކެއް)

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ރޭންކް

ޖީ އެސް 4

 

މަޤާމުގެ ކްލެސިފިކޭޝަން

އ.ޓެކްނިކަލް އޮފިސަރ

 

ޑިވިޝަން / ސެކްޝަން

ކިއުރިއޭޓިވް

 

މަޤާމު އޮތް އޮފީސް

ތިމަރަފުށީ ސިއްޙީމަރުކަޒު

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިމަރަފުށީ ސިއްޙީމަރުކަޒު

 

މުސާރަ

-/5020 ރުފިޔާ

 

ސަރވިސް އެލަވަންސް

/-2500ރުފިޔާ

 

އިތުރު އިނާޔަތްތައް

  1. ސަޕޯޓިންގ ކޯ އެލަވަންސް 2 -/700 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.
  5. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުން ރިސްކް އެލަވަންސް.
  6. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް.
  7. މީގެއިތުރުންމަޤާމަށްކަނޑައެޅިފައިވާޢިނާޔަތްތައް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް، ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، އިޙްތިރާމައި ލޯތްބާއެކު ޒިންމާދާރު ނަރސިންގް ކެއަރއެއްދިނުން.
  2. ނަރސިންގ ކެއަރއަށް ބޭނުންވާ ސެޓަޕް ތައްޔާރުކޮށް އެއްޗެއް މަދުވާނަމަ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އެ އެއްޗެއް ހޯދުމަށް މަސައްކަތްކުރުން
  3. ބަލިމީހުން ރިފަރ ކުރާ ހާލަތްތަކުގައި ބަލިމީހުން ގޮވައިގެން ދާންޖެހިއްޖެނަމަ ދިއުން
  4. މަރުކަޒުގެ ފަރާތުން ސިއްޙީ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  5. މުއައްޒަފުން މަދު ވަގުތުތަކުގައި ބަލިމީހުންނަށް ބޭސްސިޓީ ހެއްދުމާއި ޑޮކްޓަރަށް ތަރުޖަމާ ކޮށްދިނުން
  6. ބޭނުންކުރާ ކޮންސިއުމަބްލްސް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފު ނުކުރުމާއި، ރިޕްލޭސް ކުރަންޖެހޭ ތަކެތި ހޯދުމަށް ބާރުއެޅުން
  7. ވޯޑަކީ ބަލިމީހުންނާއި އެހީތެރިންނަށް ހަމަހިމޭން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ތަނުގައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބަލީމީހުންނާއި އެހީތެރިންނަށް ނަޞޭހަތްދިނުމާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުން
  8. ބަލިމީހުންގެ ހައްޤުތަކަށް ރައްކާތެރިވެ، ސިއްރުތައް ހިފެހެއްޓުން
  9. ސިއްހީ ދާއިރާގެ ގާނޫންތަކައި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ގާނޫންތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން
  10. މަރުކަޒަށް އެކިބޭނުންތަކުގައި އަންނަ މީހުންނާއި ހިތްހެޔޮކަމާއި އިހްތިރާމާއި އެކު މުއާމަލާތުކުރުމާއި، އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެހީތެރިވުން
  11. ކޯލް ޑިއުޓީތަކަށް ސަމާލުކަން ދިނުމާއި މަރުކަޒުން ގުޅަން ބޭނުންވާ ހާލަތްތަކުގައި ފޯނަށް ޖަވާބުދިނުން

      12.  މުއައްޒަފުންގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި، މަރުކަޒުންދެވޭ ޚިދުމަތްތަކާއި މުއްޒަފުން ބަދުނާމުވާފަދަ އެއްވެސް ވާހަކައެއް ނުދެއްކުމާއި އެފަދަ ކަމެއް ނުކުރުން

 

މަޤާމުގެ ޝަރުތުތައް

  1. ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސް އެއިޑް ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ އެޑްވާންސް ސެޓްފިކެޓް އިން ނާރސިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ނޯޓް: ލިޔުންތައް ހުށަހަޅާއިރު،މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރޭޝަންގެ ކޮޕީއާއި، ހަމަ އެކައުންސިލުން ދޫކޮށްފައިވާ ޕްރެކްޓިސިން ލައިސަންސްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ތިމަރަފުށީ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 04ޖުލައި 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިމަރަކަޒުގެ އޮފީހަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 5ޖުލައި 2018 10ޖުލައި2018 އާ ދެމެދު ތިމަރަފުށީ ސިއްޙީމަރުކަޒު (ކޮންފްރެސް ހޯލު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 25% (ފަންސަވީސް އިންސައްތަ)

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780503 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ  [email protected]އެވެ.

 

         

 

26ޖުލައި 2018

26 ޖޫން 2018