ދިވެހިރާއްޖެ
ޅ.މާފިލާފުށީގައި ދިރިއުޅެމުން ދިޔަ އާއިލާތަށް އެހެން ރަށްރަށަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ޅ.ނައިފަރާއި އޮޅުވެލިފުއްޓަށް ބަދަލުވި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޅ.ނައިފަރު، ޅ.އޮޅުވެލިފުށި މީގެން ކޮންމެ ރަށެއްގައި 1 ގެ ޢިމާރާތްކުރުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިދެ ގެ ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ޝެޑިއުލްއާއި އެއްގޮތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު މިމިނިސްޓްރީއަށް ހުށަހަޅައިދެއްވުންއެދެމެވެ.
އަދި ޅ.ނައިފަރު އަދި ޅ.އޮޅުވެލިފުށީގައި ޢިމާރާތްކުރުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާނީ ކޮންމެ ގެއަކަށް ވަކިންނެވެ.
ތާރީޙް |
ވަގުތު |
ތަފްސީލް |
28 ޖޫން 2018 |
10:00 |
ޕްރީ ބިޑް |
10 ޖުލައި 2018 |
10:00 |
ބިޑް ހުޅުވުން |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހައުސިންގ ޑިޕާރޓްމެންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004373
އީ-މެއިލް: [email protected]