ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2018/50
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 01 ޖުލައި 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ކޮމްޕިޔުޓރަ ސިސްޓަމްސް ގަންނަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު:MNU-CA-PAMD/2018/47  އިޢުލާނުގައިވާ އައިޓަމްތަކުގެ ތެރެއިން ކޮމްޕިޔުޓަރ ސިސްޓަމްސްތަކަށް 3 ފަރާތުން އިޖާބާދީފައިނުވުމުން އަލުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ކޮމްޕޔުޓަރ ސިސްޓަމްސް ގަތުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ( ބާޒާރުގައި އާންމުކޮށް ލިބެންހުންނަ ބްރޭންޑްތަކަށް އިސްކަންދެވޭނެއެވެ.)
  3. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މި އިއުލާނާ އެޓޭޗް ކުރެވިފައިވާ ސްޕެސިފިކޭޝަނުގައިވާ މިނިމަމް ރިކްއަރމަންޓާއި ދިމާވާންވާނެއެވެ.
  4. މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ހުށަހަޅާ އަގު:            % 70

މުއްދަތު:               % 25

ތަޖުރިބާ               % 05

 

  1. ބީލަން ހުށަހެޅުން އޮންނާނީ 01 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  2. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ބީލަންތައް ބާޠިލްކުރެވޭނެއެވެ. އަދި ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މި އިއުލާނުގައިވާ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަން ބާޠިލްކުރެވޭނެއެވެ.
  3. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

 

  1. ސްޕެސިފިކޭޝަނާއި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.  

 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345174، 3345173

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111

އީ-މެއިލް: [email protected]

 

                           12 ޝައްވާލް  1439

                           27   ޖޫން   2018

 

26 ޖޫން 2018