ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑް
ހިތަދޫ، ދިވެހިރާއްޖެ
HPL/ I-2018/04ނަންބަރު:
އިޢުލާން
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މީހުންބޭނުންވެއްޖެ.
1- މަޤާމް: އައިޓީ އޮފިސަރ ގރ.1
އަސާސީ މުސާރަ: -/5580ރ
ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިގްރީ އެއް ހާސިލް ކޮށްފައިވުން ނުވަތަ
- މި މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.
2- އެސިސްޓެންޓް އައިޓީ އޮފިސަރ ގރ.1
އަސާސީ މުސާރަ: -/5180ރ
ޝަރުތު (ތަޢުލީމާއި ތަޖުރިބާ):
- މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން އަދި މި މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
އިތުރުމަޢުލޫމާތު: މި މަޤާމްތަކަށް މުސާރައިގެ އިތުރުން ހާރޑްޝިޕް އެލަވަންސް، ރިސްކް އެލަވަންސް އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 01 ޖުލައި 2018 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.
12 ޝައްވާލް 1439
26 ޖޫން 2018