ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2018/105
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 03 ޖުލައި 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާގެ ބާވަތް:

(ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 13 ޖޫން 2019 ގެ ނިޔަލަށް

މަޤާމުގެ މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ބިޒްނަސް ޕްލޭން އާއި ކޭޝް ފްލޯ ޕްރޮޖެކްޝަންސް އަދި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުން.
  2. ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދެވޭ ވިޔަފާރިތައް ފުޅާކުރުމުގެގޮތުން ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި އެކި ކަހަލަ ވިޔަފާރި / އިންވެސްޓްމެންޓް ފުރުސަތުތައް ހޯދުމުގައި އެހީތެރިވުން.  
  3. ބިޒްނަސް ޑިވެލޮޕްމަންޓުން ތައްޔާރުކުރަން ޖެހޭ ފީސިބިލިޓީ ސްޓަޑީސްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  4. ޔުނިވަރސިޓީއަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެކިއެކި ފެކަލްޓީތަކާއި އަދި ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މަޢުލޫމާތު ހޯދައި، ދިރާސާކޮށް، ރިޕޯރޓް ތައްޔާރުކުރުމުގައި އެހީތެރިވުން.  
  5. އެކި ކަހަލަ އިޤްތިޞާދީ / ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކޮށް، އިންޑަސްޓްރިއަލް ރިސާރޗް އެނެލީސިސް ތައްޔާރުކޮށް، މަޢުލޫމާތު ފޯރުކޮށްދިނުން.
  6. ޔުނިވަރސިޓީގެ ފަރާތުން ބިޒްނަސް ޑިވެލޮޕްމަންޓުން އެކިއެކި މުއައްސަސާތަކާއި ގުޅިގެން ބާއްވާ އެންމެހައި ކަންކަން ކޯޑިނޭޓްކޮށް އިންތިޒާމްކުރުން.
  7. ބިޒްނަސް ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން އެކި ފަރާތްތަކާއި އެކު ވެވޭ އެގްރިމަންޓްތައް ޑްރާފްޓްކޮށް، އެ އެގްރިމަންޓްތައް ރިވިއުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  8. ބިޒްނަސް ޑިވެލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  9. ބިޒްނަސް ޑިވެލޮޕްމަންޓާއި ގުޅުންހުރި ދުވަހުން ދުވަހުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް، ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  10. ވިޔަފާރި އާއި ބެހޭ ޤާނޫނުތަކަށް އަހުލުވެރިވެ އަންނަ ބަދަލުތައް ކަމާގުޅޭފަރާތްތަކާއި ހިއްސާކޮށް ބިޒްނަސް ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގާ ވިޔަފާރިތައް ޤާނޫނާ ޤަވާއިދާ އެއްގޮތަށް ހިނގާތޯ ޗެކްކޮށް ރިޕޯރޓްތައް ތައްޔާކުރުކޮށް މުތާލިއާކުރުން.
  11. މީގެ އިތުރުންވެސް ބިޒްނަސް ޑިވެލޮޕްމަންޓުން ކުރަންޖެހޭ ކަމަށް ބެލެވޭ އިމަޖެންސީ ކަންތައްތަކާއި އެހެނިހެންކަންތައްތައް ކުރުމުގައި އެހީތެރިކަން ދިނުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 ޖުލައި 03 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

 

ނޯޓް:

 

 - އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

 - އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

 - އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 - މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 - ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 އިތުރު މަޢުލޫމާތު:

  •  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ

 

26 ޖޫން 2018