ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2018/138
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 08 ޖުލައި 2018 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގއ. ދެއްވަދޫ ޞިއްޙީ މަރުކަށް ޑްރައިވަރ މަގާމަށް މީހަކު ހޯދުމަށް

           

 

އިޢުލާން

ގއ. ހޮސްޕިޓަލުގެ ނަންބަރު: (IUL)GAAH/2018/07  އިޢުލާނުގައިވާ ގއ. ދެއްވަދޫ ޞިއްޙީމަރުކަޒުގެ ޑްރައިވަރގެ މަގާމު ބާޠިލްކޮށް އަލުން އެމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަންބަރު

J-254447

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޔުނިޓް 

މަޤާމު އޮތް އޮފީސް

ގއ. ދެއްވަދޫ ޞިއްޙީ މަރްކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ދެއްވަދޫ ޞިއްޙީ މަރްކަޒު

މުސާރަ

3470.00  ރުފިޔާ

ސަރވިސް އެލަވަންސް

1000.00  ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

1200.00 ރުފިޔާ

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް / ވޭން އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން.
  •  އެއްޑިއުޓީ އިން އަނެއް ޑިއުޓީއަށް ބަދަލުވާ އިރު ދިމާވެފައިހުރި މައްސަލަތައް ކިޔާދީ ޑިއުޓީ ފަށާ މުވައްޒަފާއި ވެހިކަލް ޙަވާލުކުރުން.
  •  ޑިއުޓީ ފެށުމަށް ފަހު ބަލިމީހުން އުފުލުމުގައި ވެހިކަލަށް ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ އާއި ސާފުތާހިރުކޮށްހުރިތޯ ބަލައި މަދުވާ ތަކެތި ހަމަކުރުން.
  •  ބަލިމީހުންގެ ބޭނުންތަކަށް ކޮންމެ ވަގުތެއްގައިވެސް ކައުންޓަރުން އަންގާ ދަތުރުތައް ވަގުތުން ފެށުން.
  •  ދަތުރު ކުރުމަށްފަހު ދަތުރުގެ ތަފްޞީލް ރެކޯރޑްކުރުމާއި ބަލިމީހުން އުފުލުމަށް ކުރާ ދަތުރުތަކަށް ދަތުރުނޯޓް ލިޔެ ބެލެހެއްޓުން.
  • ޖެހިގެން އަންނަ ޑިއުޓީ އަށް ދަތިނުވާނޭ ގޮތަށް ވެހިކަލަށް ބޭނުންވާ އެންމެހާ ތަކެތި ހަމަކުރުން.
  •  މުވާޞަލާތުކުރުމަށް ބޭނުންކުރާ ވީ.އެޗް.އެފް ހޭންޑްސެޓް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އަބަދުވެސް ގުޅޭނެ ގޮތަކަށް ބޭއްވުން.
  •  ވެހިކަލްގެ އިންޖީނަށް ގަޑިން ގަޑިއަށް ދޭންޖެހޭ ސާރވިސް ދިނުމާއި ކަނޑައެޅިފައިވާ ޝެޑިއުލް އާއި އެއްގޮތަށް  ތެޔޮބަދަލުކުރުމާއި މިނޫނަސް ބަދަލު ކުރަންޖެހޭ އެހެނިހެންތަކެތި ހޯދާ ހަމަކޮށް ވެހިކަލްގެ މެއިންޓަނެންސް ގަވާޢިދުން ބެލެހެއްޓުން.
  •  އެމްބިއުލާންސްގައި އުފުލާ ބަލީމީހުންނަށާއި އެހީތެރިންނަށް އަޅާލުމާއި އޯގާތެރިކަމާއެކު ފުރިހަމައަށް އެހީތެރިކަން ދިނުން.
  •  ސްޓާފް ވޭނުގައި ދަތުރުކުރައްވާ ބޭފުޅުންނަށް އެހީތެރިކަން ދިނުން.
  •  ވެހިކަލަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާބެހޭ އިސް މުވައްޒަފަށް ވަގުތުން އެންގުން.
  •  ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޞިއްޙީމަރުކަޒުގެ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން  ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް

މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސެންސް އެއް/ހުއްދައެއް އޮތުން 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ގއ. ދެއްވަދޫ ސިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅާނީ 8 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ގއ. ދެއްވަދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުން އެދެމެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ޖުލައި 12 އާއި 2018  ޖުލައި 19  އާ ދެމެދު ގއ. ދެއްވަދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ  6820070، 6824754 ނަންބަރު ފޯނަށެވެ.

 

 

 

 

                

 

26 ޖޫން 2018